logoEN
ޚަބަރު

ވަގަށް އަނބު ބިނދެގެން ހައްޔަރުކޮށްފި، މިއީ 64 ވަނަ ފަހަރު

މުހައްމަދު މޫސާމުހައްމަދު މޫސާ

02 ފެބްރުއަރީ 2025 - 09:20

ކުށުގެ ރިކޯޑު އޮތް 42 އަހަރުގެ ދިވެހި ފިރިހެނަކު ޖުވެނައިލް ކޯޓުގެ އަނބުގަހުން ވަގަށް އަނބު ބިނދެގެން ހައްޔަރުކޮށްފިއެވެ. މިއީ މި މީހާ ކުށްކޮށްގެން ހައްޔަރުކުރެވުނު 64 ވަނަ ފަހަރެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މި މީހާ ވަނީ ފާރު މައްޗަށް އަރައި ޖުވެނައިލް ކޯޓުގެ އަނބުގަހުން އަނބު ބިނުމަށްފަހު ދާން އުޅެފައެވެ. އެ ތަނުގައި ތިބި ސެކިއުރިޓީން އެކަން ތަކުރާރު ނުކުރުމަށާއި، އަނބުތައް ބަހައްޓާފައި ދިޔުމަށް އެންގި ނަމަވެސް، އޭނާ ވަނީ އެތަނުން ގޮސްފައެވެ. ނަމަވެސް، އެތަނުން ދަނިކޮށް ފުލުހުން އޭނާ ހުއްޓުވާފައިވާ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވެއެވެ.

މި މީހާގެ ކުށުގެ ރިކޯޑަށް ބަލާއިރު، މީގެ ކުރިން 63 ފަހަރު އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން 30 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެ ކުރިން އޭނާ އެންމެ ގިނައިން ހައްޔަރުކޮށްފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކުގައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މިފަހަރު އޭނާގެ މައްޗަށް ކުރެވިފައިވަނީ ވައްކަން ކުރިކަމުގެ ތުހުމަތެވެ. މި މައްސަލައިގައި އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި ކޯޓުން ވަނީ އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.

ކޮމެންޓް

871x217_placeholder