logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވަޖީހު ވަކިކޮށްފި

ހުސައިން ވަސީމް
2 ފެބްރުއަރީ 2025 - 17:27
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވަޖީހު ވަކިކޮށްފި

އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހިމް ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު ވަކިކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ވަޖީހު އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.

ވަޖީހު ވަނީ މީގެ ކުރިން ދައުލަތުގެ އެކި މަގަމުތައް ފުރުއްވާފަ އެވެ. ވަޖީހު އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ އެކުންފުނީގައި ނުވަ އަހަރު އެކި މަގާމުތައް ފުރުއްވާފަ އެވެ.އެގޮތުން އެކުންފުނީގެ އެސިސްޓެންޓް ސީއީއޯގެ މަގާމާއި ޖެނެރަލް މެނޭޖަރުގެ މަގާމާއި އެސިސްޓެންޓް ޗެއާމަންގެ މަގާމު އަދާ ކުރެއްވި އެވެ. އަދި މީގެ ކުރިން އެޑިއުކޭޝަން ދާއިރާގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ވަޖީހު އެ މަގާމުން ވަކި ކުރިއިރު، ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ވަނީ ބައެއް ބަދަލްތަކެއް ގެންނަވާފަ އެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއިތިމާވެއްޓާ ބެހޭ ވުޒާރާ ވަނީ އެއްކޮށްލައްވާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް އަޅަނީޚަބަރު | 3 ދުވަސް ކުރިންއެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިޚަބަރު | 3 ދުވަސް ކުރިންއެމްޕީއެލްއިން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު 5.4 އިންސައްތަ އިތުރުވެއްޖެޚަބަރު | 4 ދުވަސް ކުރިންނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ ޚަބަރު | 15 ދުވަސް ކުރިން