logoEN
ޚަބަރު

ޖެނުއަރީ މަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަ

ދިވެހި ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ

ދިވެހި ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ

ސުދާ ލަތީފްސުދާ ލަތީފް

03 ފެބްރުއަރީ 2025 - 05:18

މިދިޔަ ޖެނަވަރީ މަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގައި ވައްކަމުގެ 210 މައްސަލަ އަދި އެކްސިޑެންޓްގެ 171 މައްސަލަ ހުށަހަޅާފައިވެއެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންނަށް ވަނީ ޖުމްލަ 752 މައްސަލައެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  1. – ވައްކަން ކުރުމުގެ 210 މައްސަލަ
  2. – ޓްރެފިކް އެކްސިޑެންޓު 171 މައްސަލަ
  3. – މުދަލަށް ގެއްލުން ދިނުމުގެ 51 މައްސަލަ
  4. – މަކަރާއި ހީލަތް ހެދުން 34 މައްސަލަ
  5. – ޖިންސީ ގޯނާގެ 15 މައްސަލަ
  6. – އަނިޔާ ކުރުމުގެ 52 މައްސަލަ
  7. – ގެވެށި އަނިޔާ 10 މައްސަލަ
  8. – ފޭރުމުގެ 19 މައްސަލަ
  9. – ފޯޖް ކުރުމުގެ 7 މައްސަލަ
  10. – މަސްތުވާތަކެއްޗާ ގުޅޭ 106 މައްސަލަ
  11. – އެއްޗެހި ގެއްލުމުގެ 77 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder