logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމުތަކުގެ ލާމަރުކަޒީ ނިޒާމުގެ މަސައްކަތްތައް ދެނެގަތުމަށް ވަޒީރު އާދަމް ފިލިޕީންސްއަށް ފުރާވަޑައިގަންނަވައިފި

ސުދާ ލަތީފް
3 ފެބްރުއަރީ 2025 - 10:02
ވަޒީރު އާދަމް ޝަރީފު އުމަރު އަދި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މާހިރު ވެލާނާ އެއާޕޯޓުގައި -- ފޮޓޯ: އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާ
ވަޒީރު އާދަމް ޝަރީފު އުމަރު އަދި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މާހިރު ވެލާނާ އެއާޕޯޓުގައި -- ފޮޓޯ: އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާ

އެހެން  ގައުމުތަކުގެ ލާމަރުކަޒީ ނިޒާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދެނެގަތުމަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް، ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ފިލިޕީންސްއަށް ފުރާވަޑައިގަންނަވައިފިއެވެ.

ފިލިޕީންސްގެ ވެރިރަށް މަނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު މީޑީޔާތަކަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމާ ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކޮމިއުނިޓީ ޕާޓިސިޕޭޝަން އަދި ގުޑް ގަވަނާސްްގެ އިތުރުން، ޓްރާންސްޕޭރެންސީ އާއި ސަސްޓެއިނެބަލް ޑެވެލޮޕްމެންޓް ފަދަ މުހިންމުކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެ ދަތުރުފުޅުގެ އެންމެ މުހިންމު އަމާޒަކީ ދުނިޔޭގެ އެހެން ގައުމުތަކުގަ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރަމުންދާ މަސައްކަތްތަކުގެ ސަކްސެސް ސްޓޯރީ ދެނެގަނެ، އެ ކަންކަމުގެ އަލީގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯބަލައި، މަޝްވަރާކުރުމެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި، އެ ނިޒާމުގައި ދިމާވާ ގޮންޖެހުންތައް ހޯދައި، އެ ގޮންޖެހުންތަކުން އަރައިގަނެ އެ ގައުމުތަކުން ކުރި މަސައްކަތް ވެސް މި ދަތުރުގެ ތެރެއިން ދެނެގަނެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާއިރު، ޔޫއެންޑީޕީގެ މާލީ އެހީތެރިކަމާއެކު ބާއްވާ މި ބައްދަލުވުމުގައި އެހެން ގައުމުތަކުގެ ގިނަ ބޭފުޅުން ބައިވެރިވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުން ބަޖެޓު ދިނުމަށްވުރެ ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުން މުހިންމު ޚަބަރު | 7 ދުވަސް ކުރިންރަށުގެ ބޮޑު މިނަށް ބަލައި ބަޖެޓު ކަނޑައެޅުމުން ރައީސް ކައުންސިލްތަކަށް ދެއްވާ އިސްކަން ހާމަވޭ: އާދަމް ޝަރީފްޚަބަރު | 11 ދުވަސް ކުރިން އުނގެނުމަށް ކުރެވޭ ހޭދައާއި ވަގުތަކީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރުޚަބަރު | 2 މަސް ކުރިންލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ: ވަޒީރުޚަބަރު | 5 މަސް ކުރިން