logo
E-Platinum
ޚަބަރު

އުނގެނުމަށް ކުރެވޭ ހޭދައާއި ވަގުތަކީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރު

ޝަހްޒާ މުހައްމަދު
12 ޖުލައި 2025 - 04:23
 އުނގެނުމަށް ކުރެވޭ ހޭދައާއި ވަގުތަކީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރު

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އުނގެނުމަކީ ބުރަ މަސައްކަތެއްކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ބަޔަކީ ދަސްވެނީން ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށެވެ.

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. ދަސްވެނިވިޔަސް ހުއްޓާނުލާ އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤަބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުނގެނުމަށް ކުރެވޭ ހޭދައާއި ވަގުތަކީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރުޚަބަރު | 18 ދުވަސް ކުރިންލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ: ވަޒީރުޚަބަރު | 4 މަސް ކުރިންމި އަހަރު ވެސް36 ރަށަކަށް އީދު ލައިޓު ފޯރުކޮށްދެވޭނެ: ވަޒީރު އާދަމް ޝަރީފް ޚަބަރު | 5 މަސް ކުރިން5 ކައުންސިލަކުން 7 ފަޅުރަށެއް ހޯދުމަށް އެދިފައިވޭ: އާދަމް ޝަރީފް ޚަބަރު | 5 މަސް ކުރިން