logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލު އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތާމެދު ހިތްހަމަޖެހޭ: މިނިސްޓަރ

ޒިދާން މުޙައްމަދު
31 މާރިޗު 2026 - 13:31
ކައުންސިލު އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތާމެދު ހިތްހަމަޖެހޭ: މިނިސްޓަރ

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ކައުންސިލު އިދާރާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލުވުމަށް ބައެއް ރަށްރަށަށް މިނިސްޓަރ މި ވަގުތު ދަނީ ދަތުރުކުރައްވަމުންނެވެ. އެ ދަތުރުގެ ތެރެއިން ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ދަތުރުގެ ސަބަބުން ކައުންސިލް އިދާރާގެ އެތެރޭގެ ތަރުތީބު ކުރުންތައް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ' ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެއެވެ.

އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލު އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތާމެދު ހިތްހަމަޖެހޭ: މިނިސްޓަރޚަބަރު | 3 މަސް ކުރިންރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ދިޔައީ ރަނގަޅަށް އިންތިޒާމުވެގެން: މިނިސްޓަރ އާދަމް ޝަރީފްޚަބަރު | 4 މަސް ކުރިންދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފަށައިފިޚަބަރު | 6 މަސް ކުރިންއެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | 9 މަސް ކުރިން