logo
Bank of Maldives

Bank of Maldives

ޚަބަރު

ދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފަށައިފި

އިސްމާޢިލް ރާތިޢު
13 ޑިސެމްބަރު 2025 - 11:50
ދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން އެރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އާއ،ި ދުވާފަރު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation


172.93 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން 15.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 812 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 450 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެވެ.

މީގެކުރިންވެސް ރ. ދުވާފަރުގައި ބިއްކުމުގެ މަޝްރޫއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. 2021 ވަނަ އަހަރު މަސައްކަތް ފަށައި 2022 ވަނަ އަހަރު ވަނީ އެ މަޝްރޫޢު ނިންމާލާފައެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެކްޓަރެވެ.


5047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށްވާއިރު، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ހިއްކި ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، މިއަދު ވަނީ އެރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު ދުވާފަރަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންދުވާފަރު ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންރައީސް މުޢިއްޒުގެ މެނިފެސްޓޯއަކީ މަސްވެރިންގެ ހުުރިހާ ކަންބޮޑުވުމެއް ހައްލުވާނެ މެނިފެސްޓޯއެއް: ވަޒީރު ޝިޔާމްޚަބަރު | 3 ގަޑިއިރު ކުރިންމި ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހަން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން