logo
Bank of Maldives

Bank of Maldives

ޚަބަރު

ރަށުގެ ބޮޑު މިނަށް ބަލައި ބަޖެޓު ކަނޑައެޅުމުން ރައީސް ކައުންސިލްތަކަށް ދެއްވާ އިސްކަން ހާމަވޭ: އާދަމް ޝަރީފް

އައިމިނަތު މޫސާ
6 ސެޕްޓެމްބަރު 2025 - 05:36
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކައުންސިލުތަކުން ހުށަހަޅާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވުމުގެ ހެއްކެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓު ދިނުމުގައި މިހާރު އަމަލުކުރަމުން އަންނަ އާބާދީގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރައްވަން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ ހުކުރު ދުވަހުގެރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ އެ ނިންމެވުމާ ގުޅިގެން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.

އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމަވާފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ މި ބަދަލާއެކުގައި ކަމަށެވެ.

ބްލޮކް ގްރާންޓަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެވެ. މީގެ ތެރެއިން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ނުވަތަ ރަށް ސާފުކޮށް ބެލެހެއްޓުމާއި އާބާތުރަފިލުވުމާ ގުޅޭ މަސައްކަތްތައްކުރަނީ ވެސް މި ގްރާންޓްގެ ދަށުންނެވެ. ނަމަވެސް ބައެއް ރަށްތަކަކީ އާބާދީ ކުޑަ ނަމަވެސް، މުނިސިޕަލް މުވައްޒަފުން ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދު ބޮޑެތި ރަށްތަކެވެ.

ބްލޮކް ގްރާންޓްގެ އިތުރުން ގިނަ ކައުންސިލްތަކެއްގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ފަޅު ރަށްރަށް ދޫކުރަން ފެށްޓެވީވެސް މި ސަރުކާރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް، ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 8 ގަޑިއިރު ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 10 ގަޑިއިރު ކުރިން