logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުން ބަޖެޓު ދިނުމަށްވުރެ ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުން މުހިންމު

އާމިނަތު ޝަފާ
10 ސެޕްޓެމްބަރު 2025 - 04:57
ދައުލަތުން  ބަޖެޓު ދިނުމަށްވުރެ ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން  އާމްދަނީ އިތުރުކުރުން މުހިންމު

ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްވުން މާ މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ މުހިންމީ ކައުންސިލްތައް އޭގެ ޒާތުގައި މުސްތަޤިއްލުކަމާއެކީގައި، ރަށުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ވުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގަ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަނެފައި އޮތް ނިޒާމެއް ކަމަށާއި ޚާއްޞަކޮށް ފެހި ޤާނޫނު އަސާސީން ދިވެހިންނަށް ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ލާމަރުކަޒީ ނިޒާމުކަމަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި ލާމަރުކަޒީ ނިޒާމު ތައާރަފުކުރުމަށް ފަހު މި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުތެރޭ ފަޅުރަށްތައް ކައުންސިލްތަކަށް، ދެއްވި ރައީސަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫނީ ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްވުން މާ މުހިންމު ކަމަށް ވަޒީރު ވިދާޅުވިއިރު މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި، ފަޅުރަށްރަށް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން، ދ. އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ އެ އަތޮޅު މިނިމަސްގަލީގައި ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ވަނީ ކުއްޔަށްދީފައެވެ.

ނިމަސްގަލި ކުއްޔަށްދީފައިވަނީ އަހަރަކު 250،000 ރުފިޔާ ކައުންސިލަށް ލިބޭ ގޮތަށެވެ.

ކައުންސިލަށް ލިބޭ ފަޅުރަށްތައް ތަރައްޤީކޮށް، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވާއިރު ސަރުކާރުން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ރަށްތަކުގެ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ޙަރަކާތްތައް  އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންދައުލަތުން ބަޖެޓު ދިނުމަށްވުރެ ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުން މުހިންމު ޚަބަރު | 2 މަސް ކުރިންރަށުގެ ބޮޑު މިނަށް ބަލައި ބަޖެޓު ކަނޑައެޅުމުން ރައީސް ކައުންސިލްތަކަށް ދެއްވާ އިސްކަން ހާމަވޭ: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން އުނގެނުމަށް ކުރެވޭ ހޭދައާއި ވަގުތަކީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރުޚަބަރު | 4 މަސް ކުރިން