logo
ޚަބަރު

ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް އަތުލައިފި

އަޙްމަދު ޒަލީފް
3 ފެބްރުއަރީ 2025 - 11:51
ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް އަތުލައިފި

ގަވާއިދާ ޚިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެކެވެ.

Hajj Corpooration

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގްރާ ކޭސްތައް އަތުލައިގަނެފައިވަނީ ކަނޑުމަތިންކަމަށެވެ. 

މި ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމަށާއި މިތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ޚިލާފަށްކަން ތަހުގީގުން މިހާތަނަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަޙްޤީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރިއިރު 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 10 ގަޑިއިރު ކުރިންކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެޚަބަރު | 21 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެޚަބަރު | ދުވަހެއް ކުރިންޣައްޒާގެ ހިސޯރު ނައްތާލުމަށް ބާއްވާ ގައުމީ ބޮޑު އެއްވުން މާދަމާ ޚަބަރު | 2 ދުވަސް ކުރިން