logo
ޚަބަރު

މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން--ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން--ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ބްލޮކްތަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ތެރެއިން މި ހަފްތާ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގާއި ރަށްދެބައިމަގުގެ މަސައްކަތް ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ވަރަކުން މާލޭގެ މަގުތަކުގެ އެކި ސަރަހައްދު ތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، މި ގޮތަށް ގެނެވޭ ބަދަލުތައް މާލެ ސިޓީ ކައުންސިލުން ހާމަ ކުރަމުންދާނެ ކަމަށްވެސް ސިޓީ ކައުންސިލުންބުނެ އެވެ. މި ކަމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖީދީމަގުގެ ޓްރެފިކް ފްލޯއަށް ބަދަލް ތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވީ ނަމަވެސް ގެންނަނީ ކޮން ބަދަލްތަކެއް ކަމެއް ސިޓީ ކައުންސިލުން އަދި ހާމަ އެއް ނުކުރެ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައެކެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 15 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިންމާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުންޚަބަރު | 6 މަސް ކުރިން