logoEN
ޚަބަރު

މާބައިދޫ ކައުންސިލް މެންބަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

04 ފެބްރުއަރީ 2025 - 18:00

ލ. މާބައިދޫ ކައުންސިލްގެ މެންބަރު ޙަސަން ޒަރީރު (58 އަހަރު) މިއަދު ހަވީރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ޒަރީރު ނިޔާވީ ކުއްލިއަކަށް މޭމައްޗަށް ތަދުވެގެން ކަމަށް ވަނީ އެނގިފައެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ޒަރީރުގެ ނިޔާވުމާ ގުޅިގެން މިނިސްޓަރ އާދަމް ޝަރީފް އުމަރާއި އެ މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވެސް ވަނީ މިކަމާއި ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ.

"ލ. މާބައިދޫ ކައުންސިލް މެންބަރު ޙަސަން ޒަރީރުގެ ހިތާމަވެރި ނިޔާވުމުގެ ޚަބަރު ލިބުމުން، އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަކުރަމެވެ. މަރްޙޫމްގެ އާއިލާއަށާއި ރަށުގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ،" މިނިސްޓަރ ވިދާޅުވެފަވެއެވެ.

ކޮމެންޓް

871x217_placeholder