logoEN
ޚަބަރު

ލޯކަލް ގަވަރނަންސް މިނިސްޓްރީގެ ޕީއެސް އަކަށް ޑރ މުނާ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

22 ސެޕްޓެމްބަރު 2024 - 08:22

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މިއަދު ޑރ. ފާޠިމަތު މުނާ އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި އޮތް ރަސްމިއްޔާތެއްގަ އެވެެ.

މުނާ ވިދާޅުވީ މިނިސްޓަރު އާދަމް ޝަރީފުރު ބޭނުންވެވަޑައިގަންނަވާ ގޮތަށް ކަންކަން ޙާޞިލްކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މަގާމުގެ ޒިންމާތައް ވަރަށް ފުރިހަމަ އަށް އަދާކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

މުނާ ވަނީ އޭނަ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

ކޮމެންޓް

871x217_placeholder