logo
Bank of Maldives

Bank of Maldives

ޚަބަރު

ގާނޫނަށް ގެނެވޭ ބަދަލުތަކާ އެކީ ކައުންސިލްތަކަށް ބަޖެޓް ބޮޑުކޮށްދޭނެ: ފަތުހީ

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2024 - 05:02
އުސްތާޒު މޫސާ ފަތުހި އާދަމް
އުސްތާޒު މޫސާ ފަތުހި އާދަމް

ގާނޫނަށް ގެނެވޭ ބަދަލުތަކާ އެކީ ކައުންސިލްތަކަށް ބޭނުންވާ ބަޖެޓް ބޮޑުކޮށްދިނުމަށް އަމާޒުހިފާފައިވާކަމަށް ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަތުހީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު އަތޮޅުތެރެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާފައިވާކަމަށާއި ކައުންސިލްތަކުންވަނީ ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވާފައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެންމެ ބޮޑު ޝަކުވާއަކީ ކައުންސިލްތައް އިދާރީ ގޮތުން ހިންގުމަށް ބޭނުންވާނެ އުމްރާނީ ވަސީލަތްތައް ނެތުމާއި ބަޖެޓުގެ ދަތިކަމާއި އިންސާނީ ވަސީލަތުގެ ދަތިކަން. މީގެ ކުރިން މި ނިޒާމު ހިނގިނަމަ މި ޝަކުވާ ނާންނާނެ. މި މަސްތެރޭގައި 55 ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ކުރެވޭނެ".

ބަޖެޓުގެ ދަތިކަން ހައްލު ކުރެއްވުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފަތުހީ ވިދާޅުވިއެވެ.

" މިހާރު ދެނީ ސަރުކާރުގެ ބަޖެޓުން 5 އިންސައްތަ ކައުންސިލްތަކަށް. މިއީ އެކަށީގެންވާ އަދަދެއް ނޫން. މިހެންވެ ގާނޫނުގެ ތެރެއިން މިކަމަށް ހައްލު ގެންނަވާނެ".

ކައުންސިލްތައް ބާރުވެރިކުރުވައި އެ ތަންތަނަކީ ރައްޔިތުން ބަލައިގަންނަ، ދައުލަތުގެ މުއައްސަސާތަކުން އިޙްތިރާމްކުރާ ތަންތަން ކަމުގައި ހަދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމައަށް ޕްރެކްސްޓިސް ކުރުމުގައި ސިޓީކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނަކީ ރަށްތައް ތަމްސީލުކުރައްވާ އިސް ފަރާތްތައް ކަމަށް ޤަބޫލްކުރައްވަން ޖެހިވަޑައިގެންނަވައި ކަމަށާއި އެހެންކަމުން ހުރިހައި ބޭފުޅުން ވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމްކޮށް އިތުރަށް އަހުލުވެރިވާން ޖެހޭ ކަމަށް ކުރިން ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަން އެ މަނިކުފާނު ޔަޤީންކުރައްވަވާ ކަމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ އެސްޖީ އަކަށް ފަތުހީ ހަމަޖައްސައިފިޚަބަރު | ގަޑިއިރެއް ކުރިންމިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުސްކަމެއް އަންނާނެ ސަބަބެއް ނޫން: އެލްޖީއޭޚަބަރު | 4 ދުވަސް ކުރިންކައުންސިލަރުންގެ ކަންބޮޑުވުންތައް ސީދާ މިނިސްޓަރަށް ހުށަހެޅޭކަން!ޚަބަރު | 2 މަސް ކުރިންރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | 2 މަސް ކުރިން