logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ އެސްޖީ އަކަށް ފަތުހީ ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޭޕްރީލު 2026 - 03:32
ފަތުހީ، ފޮޓޯ: މެންދުރު ޓީވީ
ފަތުހީ، ފޮޓޯ: މެންދުރު ޓީވީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް ހަމަޖައްސައިފިއެވެ.

ޕީއެންސީން ވަނީ މި މަގާމަށް ފަތުހީ އައްޔަންކުރިކަން ކަށަވަރުކޮށްދީ، އޭނާއަށް މަރުޙަބާ ކިޔާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސާ ފަތުހީ އާދަމް އަކީ މިހާރުވެސް ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމާ އޭނާ ހަވާލުވެވަޑައިގަތީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުއާޒް ހަލީމް، 18 އޭޕްރިލް 2024 ގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒް އިސްތިއުފާ ދެއްވަމުން ވިދާޅުވެފައިވަނީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަކީ ގިނަ ވަގުތު ދޭންޖެހޭ މަގާމަކަށް ވާއިރު، އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު އެ މަގާމުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އަލަށް އައްޔަންކުރެވުނު އެސްޖީއާއެކު ޕީއެންސީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން އުންމީދު ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހުޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ އެސްޖީ އަކަށް ފަތުހީ ހަމަޖައްސައިފިޚަބަރު | 2 ގަޑިއިރު ކުރިންއިންތިހާބުގެ ދާއިމީ ނަތީޖާ: ޕީއެންސީއަށް 584 ގޮނޑި، އެމްޑީޕީއަށް 563 ގޮނޑިޚަބަރު | 18 ގަޑިއިރު ކުރިންކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ކުރި ހޯދީ ޕީއެންސީޚަބަރު | ދުވަހެއް ކުރިން