logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑުގެ ކައުންސިލެއްގައި މީދޫ ފެނިގެންދާނީ މުޅިން ތަފާތު، ޒަމާނީ ރަށެއްގެ ގޮތުގައި: ސުހާ

އައިޝަތު އިނާޝާ
11 ޖޫން 2026 - 10:29
އަޅުގަނޑުގެ ކައުންސިލެއްގައި މީދޫ ފެނިގެންދާނީ މުޅިން ތަފާތު، ޒަމާނީ ރަށެއްގެ ގޮތުގައި: ސުހާ

އަމާޒު ހިފަނީ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ އަދި ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ރަށަށް ގެނެސްދިނުމަށް ކަމަށާއި އަދި އެކަން ހާސިލުކޮށްދެވޭނީ ހަމަ އެކަނި ސަރުކާރުގެ ކެންޑިޑޭޓަކަށް ކަމަށް ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ސުހާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަޅުގަނޑުގެ ކައުންސިލެއްގައި މީދޫ ފެނިގެންދާނީ މުޅިން ތަފާތު ޒަމާނީ ރަށެއްގެ ގޮތުގައި: ސުހާ

Ad by Hajj Corporation

Ad by Hajj Corporation

މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސުހާ ވިދާޅުވީ، އޭނާ ނުކުންނެވީ ހަމައެކަނި މަގާމަކަށް ނޫން ކަމަށާއި، އެއަށްވުރެ ބޮޑު ޒިންމާތަކަކާ ހަވާލުވެވަޑައިގަންނަވަން ކަމަށެވެ. ޖަލްސާގައި ސުހާ ވަނީ އޭނާގެ ޒަމާނީ ތަސައްވުރު ހިއްސާކުރައްވާފައެވެ. އެގޮތުން ސުހާގެ މެނިފެސްޓޯގައި ރަށުގެ އުމްރާނީ، އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާތަކަށް ތަރައްގީގެނައުމަށް ވަނީ ހިމަނުއްވާފައެވެ.

އެގޮތުން ރަށުގައި ޒަމާނީ ފެރީ ޓާމިނަލެއް ބިނާކުރުމާއި، އިސްރަށްވެހިންނަށް ހާއްސަ މައިޒާނެއް ގާއިމުކުރުމާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ކުޑަކުދިންގެ ބަގީޗާއެއް ތަރައްގީކުރުން ހިމެނެއެވެ. އަދި ރަށުގެ ބަނދަރު ސަރަހައްދުގައި މަސްވެރިންނަށް ހާއްސަ މަސް ޖެޓީއެއް ތަރައްގީ ކުރުމާއެކު، ގެސްޓު ހައުސްތަކަށް ވަކި ސަރަހައްދު ތަކެއް ކަނޑައެޅާ އިގްތިސޯދީ ގޮތުން ރަށުގައި ލޯކަލް ފަތުރުވެރިކަން ފުޅާކުރުކުރުން ހިމެނެއެވެ.

ސުހާގެ މެނިފެސްޓޯގައި ރަށުގެ ދަނޑުވެރިންނަށް ވެސް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގިނަ ކަންކަން ހިމަނުއްވާފައިވާއިރު، ސިއްހީ ދާއިރާއިން ވެސް އެކި ކުލިނިކްތަކާ ގުޅިގެން ރަށުގައި ހެލްތް ކޭމްޕްތައް ބޭއްވުމަށް ވަނީ ހިމަނުއްވާފައެވެ.

މިހާރު ފެންނަން ހުރި ސިއްހީ މަރުކަޒުގެ އާ އިމާރާތަކީ ރަށު ރޫހުގައި ކުރެވުނު މަސައްކަތުން ސަރުކާރުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބީއެއް: ސުހާ

މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކޮށް ރަށް ސާފުތާހިރުކޮށް ބޭއްވުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދީނީ އިލްމުވެރިން ގެނެސްގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގުރާމުތައް ހިންގުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

އެންމެ ބޮޑު އެއް އަމާޒަކީ މީދޫ ރައްޔިތުން ހަމައެކަނި އެއް ސިނާއަތަކަށް ބަރޯސާވެފައި އޮންނައޮތުން ބަދަލުކުރުން: ސުހާ

ވާހަކަ ނިންމަވާލައްވަމުން ސުހާ ވަނީ މީދޫގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އެއްބައިވަންތަކަމުގެ މަތިވެރި ރޫހެއް ދެއްކެވުމަށް އެދިވަޑައިގަންނަވަވާފައެވެ. އަދި ރަށުގެ މުސްތަގުބަލަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ، އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑއިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ކައުންސިލެއްގައި މީދޫ ފެނިގެންދާނީ މުޅިން ތަފާތު، ޒަމާނީ ރަށެއްގެ ގޮތުގައި: ސުހާޚަބަރު | 2 ގަޑިއިރު ކުރިންބައި-އިލެކްޝަންގައި ހަގީގަތުގައިވެސް ޕީއެންސީ އަށް ލިބުނީ ވަރަށް ބޮޑު ތާރީޚީ ކާމިޔާބީއެއް: އިއްބެޚަބަރު | 4 ދުވަސް ކުރިންއެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހްޚަބަރު | 4 ދުވަސް ކުރިންހިތަދޫ ބައި އިލެކްޝަންގައި ޕީއެންސީން ނަތީޖާ ހޯދީ އެމްޑީޕީން މުޅި ދަޢުލަތް ލޫޓުވާލި ގޮތަށް ކަންކޮށްގެންނެއް ނޫން: ޝުޖާޢުޚަބަރު | 4 ދުވަސް ކުރިން