logoEN
ޚަބަރު

ފަޅުރަށްތަކާ ގުޅިގެން ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުވޭޓްކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

28 ނޮވެމްބަރު 2024 - 13:58

ފަޅުރަށް ހޯދުމަށް ކައުންސިލުތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކައުންސިލަތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ.

ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް ނިންމެވީ ރައީސް ޑރ މުޙައްމަދު މުޢިއްޒެވެ. އަދި އިޚްތިޞާސްގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތުވެސް ހުޅުވާލެއްވިއެވެ.ކައުންސިލްތައް ބާރުވެރިކޮށް އާމްދަނީ ލިބޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ރަށަކުން ނަގާ ޓެކުހުގެ %10 ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް ވަނީ އިޢުލާންކޮށްފައެވެ.

މި އުސޫލާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅީ ރ. އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލް އަދި ލ. މާވަށް ކައުންސިލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިކަމާ ގުޅޭ އިވެލުއޭޝަން ރިޕޯޓު އަންނަ ހަފްތާގައި ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވަނީ އެކަމަށް ސަރުކާރުން އައްޔަންކޮށްފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.

ކޮމެންޓް

871x217_placeholder