55 ރަށެއްގެ ކައުންސިލް އިމާރާތް ބިނާކުރުމަށް މެލޭޝިޔާގެ ކުންފުންޏަކަށް ހަވާލުކޮށްފި

55 ރަށެއްގައި ކައުންސިކު އިދާރާތައް ގާއިމް ކުރުމަށް ކުރެވުނު އެއްބަސްވުމުގެ ތެރެއިން -- ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ

20 ޖެނުއަރީ 2025 - 13:44
55 ރަށެއްގެ ކައުންސިލް އިދާރާ ބިނާކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލް އާ އެކު، ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއީކުރީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާއެވެ. އަދި އެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވ، ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފުއެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން "މެންދުރު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ސެކްޝަންގެ ހެޑް، މުހައްމަދު ހާޝިމް ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ދާނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުންނެވެ. އަދި މުޅި މި ޕްރޮޖެކްޓުގެ އަގަކީ ގާތްގަޑަކަށް 30 މިލިއަން ޑޮލަރު ކަމުގައި ވެސް ހާޝިމް ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓުގެ ދަށުން ކައުންސިލުތައް އިމާރަތްކުރުމުގެ ފުރަތަމަ މަސައްކަތް ފެށޭނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިއެވެ. އަދި އެ މަސައްކަތްތައް ފެށޭތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމުމަކީ ސަރުކާރުގެ އަމާޒުކަމުގައި ވެސް ހާޝިމް ވިދާޅުވިއެވެ.
އަދި އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާ ބިނާކުރުމަށް ޗައިނާ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.
މި އަހަރުގެ ކުރީކޮޅުގައި ރައީސް މުޢިއްޒު އެކި އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުތަކުގައި، ކައުންސިލްތަކުގެ ޖާގައިގެ ދަތި ކަމުގެ ވާހަކަތައް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި ރަށްރަށުގެ ކައުންސިލް އިދާރާތައް ބިނާކުރުމަކީ ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.
އިތުރު ލިޔުންތައް

ކުޅުދުއްފުށީގެ އައު ބޮޑުމަގުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއިބެހޭ ވުޒާރާއިން ގަސް އިންދައިފި
7 މަސް ކުރިން
ލޯކަލް ގަވަރނަންސް މިނިސްޓްރީގެ ޕީއެސް އަކަށް ޑރ މުނާ
7 މަސް ކުރިން
ގާނޫނަށް ގެނެވޭ ބަދަލުތަކާ އެކީ ކައުންސިލްތަކަށް ބަޖެޓް ބޮޑުކޮށްދޭނެ: ފަތުހީ
6 މަސް ކުރިން