logoEN
ޚަބަރު

މާދަން ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ

ަޕާސްޕޯޓް ދޫކުރަނީ --

ަޕާސްޕޯޓް ދޫކުރަނީ --

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

05 ފެބްރުއަރީ 2025 - 05:44

ސަރުކާރު ބަންދު ދުވަހެއް ކަމުގައިވާ މާދަން ވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވާކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން ބުނީ އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށައެޅޭނެކަމަށެވެ. އަދި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހެޅޭނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އިމިގްރޭޝަނަށް ހާޒިރުވެ ޚިދުމަތަށް އެދެވޭނީ އުމުރުން ދުވަސްވީ މީހުންނަށް އެކަންޏެވެ.

މީގެ އިތުރުން ޕާސްޕޯޓު ނެގުމަށްނަންބަރު ދޫކުރާނީީ ހެދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭނީ މާލެ ވެލާނާގެ 1 ވަނަ ފަންގިފިލާ ، ހުޅުމާލެ ( ފޭސް 1 ) އުމަރު ޒާހިރް ބިލްޑިންގް އަދި ހުޅުމާލެ ( ފޭސް 2 ) ވިނަރެސް 2 ، 1 ވަނަ ފަންސިފިލާ އިން ކަމަށް އިމިގްރޭޝަން އިން ބުނެފައިވެ އެވެ.

ކޮމެންޓް

871x217_placeholder