ރިޔާސީ ބަޔާން އިއްވާ ވަގުތު އެމްޑީޕީން މަޖިލިސް ކައިރިއަށް އެއްވަނީ
5 ފެބްރުއަރީ 2025 - 06:29

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް މާދަމާ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތު އެސަރަހައްދުގައި އިދިކޮޅު އެމްޑީޕީން މުޒާހަރާ ކުރަން ނިންމައިފި އެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމްޑީޕީ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައިވަނީ ރިޔާސީ ބަޔާން އިއްވާ ދުވަހު ޖަލްސާ އޮންނަ ގަޑިއަށް މަޖިލިސް ދޮށަށް އެއްވުމަށް ވަނީ ގޮވާލާފަ އެވެ.
މަޖިލީހުގެ ތަޅުމުގައިވެސް އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފަ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާނެ ދެވަނަ ރިޔާސީ ބަޔާނެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމާފައި ވާއިރު، މި އަހަރުގެ ޖަނަވަރީ މަހު ދައުރުން ބޭރު ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެގޮތުން ޖަނަވަރީ 16 އަދި 20 ވަނަ ދުވަހު ވަނީ ޖަލްސާ ބާއްވާފައެވެ.
މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ނިންމާފައިވާއިރު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެއްވުމެއް ވެސް އެމްޑީޕީން ބޭއްވި އެވެ.

-01.jpg&w=3840&q=75)
