logo
E-Platinum
ޚަބަރު

އެމްޕީއެލްގެ އެމްޑިއަކަށް ރިޟްވާން އައްޔަނުކުރައްވައިފި

އާމިނަތު ޝަފާ
5 ފެބްރުއަރީ 2025 - 10:15
މުޙައްމަދު ރިޝްވާނު // ފޮޓޯ: ސަން
މުޙައްމަދު ރިޝްވާނު // ފޮޓޯ: ސަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު، އައްޔަނުކުރައްވައިފިއެވެ.

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

މިކަން ހާމަކޮށް ޕީސީބީން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ރިޝްވާނު، އައްޔަނުކުރައްވައިފައިވަނީ މިއަދުކަމަށެވެ.

ރިޟްވާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

އެމްޕީއެލްގެ ސީއީއޯކަމުގައި ކުރިން ހުންނެވި ވަޖީހު އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ.

ސަރުކާރުގެ އެކި މަގާމުތަކަށް މިފަހަކަށް އައިސް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ނޯތު ހާބަރު ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް ބަދަލު ކޮށްފިޚަބަރު | 6 ދުވަސް ކުރިންގައުމީ އެޕްރެންޓިޝިޕް ޕްރޮގްރާމްތައް ހިންގުމަށް އެމް.އެން.އެސް.ޑީ.އޭއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިންުހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިއާގެ ލީސް ފީ އަށް ބަދަލު ގެންނަނީވިޔަފާރި | 9 ދުވަސް ކުރިންމުދާތައް ކްލިއަރނުކޮށް ގިނަދުވަސްވާނަމަ ނީލަމުގައި ވިއްކާލަނީ ޚަބަރު | 14 ދުވަސް ކުރިން