logoEN
ކުޅިވަރު

ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެމޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ 40 އަހަރު ފާހަގަކޮށްފި

ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅުއެއް ކުޅުންތެރިޔާ ރޮނާލްޑޯ

ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅުއެއް ކުޅުންތެރިޔާ ރޮނާލްޑޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ފެބްރުއަރީ 2025 - 14:29

ފުޓްބޯޅަ ދުނިޔޭގައި މިހާތަނަށް އުފެދުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ މިއަދު ވަނީ އޭނާގެ 40 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ. ޕޯޗުގަލްގެ މެޑެއިރާގެ ކުޑަ ރަށެއްގައި އުފަން މި ތަރި މިހާރު ކުޅެމުންގެންދަނީ ސަޢުދީގެ އަލް-ނަސްރަށެވެ. އަދި މިހާރުވެސް އޭނާ ދަނީ ފުޓްބޯޅައިގައި އެތައް ރެކޯޑެއް ޤާއިމްކުރަމުންނެވެ.

ރޮނާލްޑޯގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ފުޓްބޯޅައިގައި 1،000 ގޯލު ޖެހުމުގެ ރެކޯޑު ހާސިލުކުރުމެވެ. މިހާތަނަށް އޭނާވަނީ 923 ގޯލު ޖަހާފައެވެ. އަދި 1،000 ގޯލުގެ އަމާޒާ ހަމައަށް ދިއުމަށް 77 ގޯލު ބާކީ އޮތްއިރު، އޭނާ ދަނީ މި އަމާޒު ހާސިލުކުރުމަށް މަސައްކަތްކުރަމުންނެވެ.

ގިނަ ފުޓްބޯޅަ ތަރިން 35 އަހަރާ ދޭތެރޭގައި ކުޅުން ހުއްޓާލާއިރު، ޕެލޭ އާއި މެރެޑޯނާ 36 އަހަރުގައި، ކްރޯއިފް 37 އަހަރުގައި، އަދި ޒިދާން 34 އަހަރުގައި ރިޓަޔަރ ކުރިއެވެ. ނަމަވެސް ރޮނާލްޑޯ މިހާރުވެސް ދަނީ ފޯމުގައި ސަޢޫދީ ލީގުގައި ކުޅެމުންނެވެ. މިވަގުތު ސަޢޫދީލީގުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމްގައިވެސް އޮތީ ރޮނާލްޑޯއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 89 މެޗުން 81 ގޯލު ޖަހާފައެވެ.

"އަހަރެންނަކީ މިހާތަނަށް ދުނިޔެ ދެކުނު އެންމެ ފުރިހަމަ ކުޅުންތެރިޔާ ކަމަށް އަހަރެން ޤަބޫލުކުރަން. އަހަރެންނަށްވުރެ މޮޅު އެހެން ކުޅުންތެރިއަކު ނުދެކެން. ކޮންމެ ގޮތަކުންވެސް އަހަރެންނަކީ ތަފާތު ކުޅުންތެރިއެއް، އަދި ތަފާސްހިސާބުތަކުން އެކަން ސާބިތުވޭ،" ރޮނާލްޑޯ ބުނެފައިވެއެވެ.

23 އަހަރުގެ ޕްރޮފެޝަނަލް ކެރިއަރއެއްގައި އެތައް ރެކޯޑެއް ޤާއިމްކޮށްފައިވާ ރޮނާލްޑޯ މިހާރު ކުރިމަތިލާންޖެހިފައިވަނީ އޭނާގެ ކެރިއަރގެ އެންމެ ބޮޑު ގޮންޖެހުމާއެވެ. އެއީ އުމުރާ ކުރާ ހަނގުރާމައެވެ.

ކޮމެންޓް

871x217_placeholder