logo
MPL

MPL

ޚަބަރު

މިއަދުގެ އަލިފާނުގެ ޙާދިސާގައި 37 މީހުން ހާލުގައި ޖެހިފައިވޭ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
9 ސެޕްޓެމްބަރު 2024 - 17:20
ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ޙާދިސާ -- މެންދުރު ފޮޓޯ/ މީސަމް މުބީން
ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ޙާދިސާ -- މެންދުރު ފޮޓޯ/ މީސަމް މުބީން

ހ. ދޫހިމެރިގޭގައި މިއަދު މެންދުރު ހިނގިި އަލިފާނުގެ ޙާދިސާގެ ސަބަބުން 37 މީހަކު ޙާލުގައި ޖެހިފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރޮޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން 22 ދިވެހިންނާއި 15 ބިދޭސީއަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެ އޮތޯރިޓީން ފޯރުކޮށްދެމުންދާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

ހ. ދޫހިމެރިގޭގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާގައި އެ ގެ ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މިރޭ ވެސް އެގެއިން ހުޅު ފެނިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދުގެ ހާދިސާ އާއި ގުޅިގެން އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެމީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.

އެ އިމާރާތުގެ ބަދިގެ ހިމެނޭ ބައިގެ މަތީބައިގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއުއިން ކުރިޔަށް ގެންދިޔަ އިރު އެ ސަރަހައްދުގައި ތިބި ޢާއްމުންވެސް އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ކެފޭއެއްގައި ގޭސް ސިލިންޑަރެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެޚަބަރު | 11 ދުވަސް ކުރިންފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެ އަނދަނީޚަބަރު | 18 ދުވަސް ކުރިންހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެޚަބަރު | 20 ދުވަސް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 23 ދުވަސް ކުރިން