logo
MPL

MPL

ޚަބަރު

ގއ. ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ: ޖިނާޢީ ތަހުގީގެއް ފަށަނީ

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލް--ފޮޓޯ: ގާފުއެމްވީ
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލް--ފޮޓޯ: ގާފުއެމްވީ

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލައިގެ ޖިނާޢީ ތަހުގީގު ފެށުމަށް ސަރުކާރުން ފުލުހުންނަށް އަންގައިފައިވާ ކަމުގައި ދާޚިލީ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

އިއްޔެ ގއ. އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ދިޔަ އަންހެނަކަށް ސިޒޭރިއަން ހެދުން ލަސްވެ ދެމައިން ވަނީ ނިޔާވެފައެވެ. އެގޮތުން އެ ދެމައިން ނިޔާވީ ހޮސްޕިޓަލުން ދޭންޖެހޭ ފުރިހަމަ ފަރުވާ ނުދެވި، ލަސްކުރުމުގެ ސަބަބުން ކަމަށް ބުނެ އެ ރަށުގައި ޢާންމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އަންހެންމީހާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް އެއާޕޯޓަށް ވެސް ގެންދިޔަ ފަހުންނެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލައާ ގުޅިގެން ވަޒީރު އިޙްސާން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ.

View post on Twitter

 

އެ މައްސަލައާ ގުޅިގެން ސިއްޚީ ވުޒާރާއިން އިއްޔެ ސޯޝަލް މީޑީއާފައި އާންމު ކުރި މެސެޖެއްގައި ވެސް ބުނީ، އެފަދަ ކަމެއް ހިނގުމަކީ ވަރަށް ކަންބޮޑުވާ އަދި ދެރަވާ ކަމެއް ކަމަށާއި، އެ މައްސަލަ ފުރިހަމައަށް ބަލައި، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަަށެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް އެ ރަށުގެ ބަޔަކު ވަނީ އިންޒާރުދީފައެވެ. އެކަމާ ގުޅިގެން އެ ޑޮކްޓަރާއި، އޭނާގެ އާއިލާއާ އެއްކޮށް ވަނީ އެ ރަށުން ބާލާފައެވެ.

އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް: ބޮޑު ބަނގުރާ ނެޓްވޯކެއް ފަޅާއަރުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިން އެކްސިޑެންޓްތަކުގެ ތަހުގީގުތައް ހަރުދަނާކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފިޚަބަރު | ދުވަހެއް ކުރިންހުޅުމާލޭގައި ހިނގި ބޮޑު އެކްސިޑެންޓު: ދެމީހަކު އަދިވެސް ވެންޓިލޭޓަރުގައިޚަބަރު | 4 ދުވަސް ކުރިންފޭސް2 އެކްސިޑެންޓް: އެއް ސައިކަލު ދުއްވާފައިވަނީ 3 މީހުން އަރައިގެން ވަންވޭއާ ހިލާފަށްޚަބަރު | 5 ދުވަސް ކުރިން