ފުވައްމުލަކުގެ ޑްރަގް ނެޓްވޯކް، އެއްކޮށްހެން ނައްތާލެވިއްޖެ: ވަޒީރު

ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
08 ފެބްރުއަރީ 2025 - 07:39
މަސްތުވާތަކެތި ނައްތާލުމުގެ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ފުވައްމުލަކުގެ މަސްތުވާތަކެތީގެ ނެޓްވޯކުތައް މިހާރު އެއްކޮށްހެން ނައްތާލެވިފައިވާ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ސަރުކާރުން ބާއްވާ "ރިޔާސީ ބަޔާން 2025 ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް އަދި އިދާރާތައް އެކުވެ އުފެއްދި ޓާސްކް ފޯސްގެ އިންޓެލިޖެންސް ބޭނުންކޮށް، މަސްތުވާތަކެތީގެ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނ ަކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށް، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގި ކަމަށާއި، އެ އޮޕަރޭޝަންތަކުގެ ބޭނުމަކީ ހުރިހާ ޑުރަގު ނެޓްވޯކުތައް ނައްތާލުން ކަމުގަިއ ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮޕަރޭޝަންތަކުގެ ތެރެއިން ފުވައްމުލަކުގައި ޑުރަގު ކެފޭއެއްގެ ގޮތުގައި ހަދައިގެން މަސްތުވާތަކެތި ވިއްކި ތަންތަން ހުއްޓުވައި، އެ ވިޔަފާރިތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުން މަނީލޯންޑްރިންގެ ކުށުގައި މިހާރު ހައްޔަރުކޮށްފައިވާ ކަމުގައި ަވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކަށް، ޤާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދެމުން އަންނަ ކަމުގައި ޗެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެ މީހުންނާއެކު އެ ސިޓީގެ ޑުރަގު ނެޓުވޯކުތައް އެއްކޮށްހެން ނައްތާލެވިފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޑުރަގުގެ ވިޔަފާރީގައި އެންމެ އިސްކޮށް ތިބޭ ފަރާތްތަކުން، އެ ވިޔަފާރީ ކުރަނީ އެހެނިހެން ކުޑަ ވިޔަފާރިތައް ކުރިއަށް ނެރެ، އޭގެ ފަހަތުގައި ތިބެގެންނެވެ. އެހެންކަމުން އެފަދަ ފަރާތްތައް ހޯދުމުގެ މަސައްކަތް މި އަހަރު ވެސް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު އެފަދައިން ވިދާޅުވިއިރު، ފުވައްމުލައް ސިޓީގައި ހިންގި "އޮޕަރޭޝަން ވެށި ރައްކަލް" ގެ ތެރެއިން އެ ސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އިސްވެ ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކޮށްފައެވެ.
އެގޮތުން ހައްޔަރުކުރި ދެ މީހުންނަކީ ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، 34 އަހަރުގެ އަހުމަދު ނިއުޝާދާއި، އެ ރަށު ދޫޑިގަން، ޒަމާނީގެ، 29 އަހަރުގެ ހަސަން އާޒިމް އެވެ.
އެ މީހުންގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމުގައި ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން