logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ރަށެއްގެ ކައުންސިލާއި 10 ރަށެއްގެ އަންހެނުން ކޮމެޓީގެ ބައި އިލެކްޝަންގެ ވޯޓު ލުން ފަށައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 ފެބްރުއަރީ 2025 - 07:44
މީގެ ކުރީގެ އިންތިހާބެއްގެ ތެރެއިން -- ފޮޓޯ:
މީގެ ކުރީގެ އިންތިހާބެއްގެ ތެރެއިން -- ފޮޓޯ:

ދެ ރަށެއްގެ ކައުންސިލާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެއްގެ ބައި އިލެކްޝަންގެ ވޯޓު ލުން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ވޯޓުލަނީ ހދ. މަކުނުދޫ ކައުންސިލު މެންބަރާއި، ނ. ލަންދޫ ކައުންސިލުގެ އަންހެން މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި، ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފަ އެވެ. އަދި ވޯޓުލުން މިއަދު ހަވީރު 4:00 އަށް ކުރިއަށް ގެންދާނެ އެވެ.

ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ އެ ރަށެއްގެ ސްކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާފަންނު މަދަރުސާގަ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ގެނައި އިސްލާހާއެކު އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް މިހާރު ބާއްވަނީ އަހަރަކު ދެ ފަހަރު އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުންޚަބަރު | 2 ދުވަސް ކުރިންމާދަމާއަކީ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަސްޚަބަރު | 4 ދުވަސް ކުރިންދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީޚަބަރު | 6 ދުވަސް ކުރިންކައުންސިލް އިންތިޚާބަށް މިހާތަނަށް ބަލައިގަތީ 1857 ފޯމު!ޚަބަރު | 8 ދުވަސް ކުރިން