ބައި-އިލެކްޝަންގައި ޕީއެންސީން އެމްޑީޕީ ބޮޑުތަނުން ބަލިކޮށްފި


08 ފެބްރުއަރީ 2025 - 18:03
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވުނު ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މިއަދު އިންތިޚާބު ބޭއްވުނު 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވެއެވެ. މީގެ ތެރޭގައި ނ. ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑިއާއި، ލ. ގަމު، ގއ. ކަނޑުހުޅުދޫ، ހދ. ހިރިމަރަދޫ، ތ. ބުރުނީ، ބ. ގޮއިދޫ، ރ. އިންނަމާދޫ އަދި ނ. ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތައް ހިމެނެއެވެ.
އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 2 ގޮނޑިއެވެ. އެއީ އދ. ހަންޏާމީދޫ އަދި ނ. މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކެވެ. އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުން ހދ. މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 33 ގޮނޑިއަކަށް ވޯޓުލުން ހުޅުވާލާފައިވީ ނަމަވެސް، 21 ގޮނޑިއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމާ ގުޅިގެން އެ ކެންޑިޑޭޓުން ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބު ބޭއްވިފައިވަނީ 12 ރަށެއްގައެވެ. އޭގެ ތެރޭގައި 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މި ނަތީޖާ ސިފަކުތެއްވީ ޕީއެންސީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.
މި ބައި-އިލެކްޝަންގެ ނަތީޖާއަކީ ޕީއެންސީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
7 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
7 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
7 މަސް ކުރިން