logo
Bank of Maldives

Bank of Maldives

ޚަބަރު

ލުބުނާގެ އަބުރާ ބެހުމުގެ ތުހުމަތުގައި ދައުވާކުރަން ނިންމައިފި

އާމިނަތު ޝަފާ
9 ފެބްރުއަރީ 2025 - 06:04
ލުބުނާގެ އަބުރާ ބެހުމުގެ ތުހުމަތުގައި ދައުވާކުރަން ނިންމައިފި

ސޯޝަލް މީޑިއާގައި އަބުރުކަތިލަން މަސައްކަތްކުރިކަމަށްބުނެ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ ލުބްނާ ޒާހިރު ހުސައިން ދައުވާ ކުރަން ނިންމައިފިއެވެ.

އަޙްމަދު ޒަކީ ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އޭނާ ވަޒީފާގެ އިންޓަވިއުއަކަށް ދިޔުމުން ލުބުނާ އޭނާއަށް މަލާމާތްކޮށް ފުރައްސާރަކުރެއްވި ކަމަށް ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލުބުނާ ވިދާޅުވީ މިހާތަނަށް އިންޓަވިއު ޕެނަލެއްގައި ބައިވެރިވެވަޑައިގެންފައިވަނީ 2011 ގައި އެންޑީއޭގެ ސީއީއޯގެ މަގާމަށް ނެގުމަށް ބޭއްވި އިންޓަވިއު ޕެނަލްގައި އެކަނި ކަމަށެވެ. އަދި އަމިއްލަ ވިޔަފާރީގައި ގެންގުޅެނީ އަންހެނުންކަމުން މިއީ ދޮގު ތުހުމަތެއްކަން ލުބުނާ ފާހަގަކުރެއްވިއެވެ. ލުބްނާ އިތުރަށް ވިދާޅުވީ އޭނާއަކީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރައްވާ ހިތްވާ ބޭފުޅެއް ނޫން ކަމަށާއި، މިހާތަނަށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ ދަންނަ މީހުންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި އަމަލަކީ އަބުރާބެހުމުގެ ޢަމަލެއްކަމުން މި ކަމާމެދު ގާނުނީ ފިޔަވަޅު އަޅާނެކަމަށް ލުބުނާ ވަނީ ވިދާޅުވެފައެވެ. ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވުމާއެކު އަޙްމަދު ޒަކީގެ އެކައުންޓުންވަނީ އިތުރު ޕޯސްޓެއްކޮށް ފޭސްބުކުގައި ލިޔާ އެއްޗެހި ހިފައިގެން ކޯޓަށް ދާ މީހަކަށް އެހެންކަމެއް ކުރާނެ ވަގުތެއް ނުވާނެކަމަށެވެ.

ލުބުނާއަކީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ދަރިކަނބަލެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޑީއޭގައި ފަރުވާ ހޯދާ މީހުންނަށް ޑްރަގްދީގެން ނަހަމަ ގުޅުން ބާއްވާ މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް އެންޑީއޭގެ ސަމާލުކަމަށްޚަބަރު | 3 މަސް ކުރިންލުބުނާގެ އަބުރާ ބެހުމުގެ ތުހުމަތުގައި ދައުވާކުރަން ނިންމައިފި ޚަބަރު | 10 މަސް ކުރިން