logoEN
ޚަބަރު

ޑްރަގް މައްސަލައެއްގައި މީހަކު ހޯދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

09 ފެބްރުއަރީ 2025 - 15:21

މަސްތުވާތަކެތި ޕެޑަލްކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަނީ ހުސެއިން ޝުޖުއާން ނާފިޒު 20، އެވެ.

ފުލުހުން ބުނީ، ޙުސައިން ޝުޖުއާން ނާފިޒު ހޯދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ފެޑްލްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ޑައިމޯފިން ޕެޑްލްކުރަން އުޅުމަކީ ނުވަތަ ޕެޑްލްކުރަން އެހީތެރިވުމަކީ ނުވަތަ ޕެޑްލްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ތިން އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު އަދަބެއް އަންނަވަރުގެ ކުށެކެވެ.

ކޮމެންޓް

871x217_placeholder