logo
ޚަބަރު

ވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި

އާމިނަތު ޝަފާ
10 ފެބްރުއަރީ 2025 - 04:22
ވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

‎ޔޫއޭއީގައި ފެބްރުއަރީ މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

‎މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎"ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 2 މަސް ކުރިންމާލީ ދައިރާގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިންއަށްޚަބަރު | 2 މަސް ކުރިންރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހަވާއީއަށްޚަބަރު | 4 މަސް ކުރިންވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފިޚަބަރު | 7 މަސް ކުރިން