logoEN
ޚަބަރު

މިއަދަކީ އެމްއެންޔޫ މެރަތަންގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަސް

އާމިނަތު ސަފާއާމިނަތު ސަފާ

10 ފެބްރުއަރީ 2025 - 05:34

އެމްއެންޔޫ މެރަތަންގައި ބައިވެރިވުމުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.

މި މަހު 20-21އަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާއްވާ މި މެރަތަން ބަހާލާފައި ވަނީ ހަތަރު ކެޓަގަރީއަކަށެވެ. މި މެރަތަންގައި ބައިވެރިވުމުގެ ފީއަކީ 150ރުފިޔާ އާއި 550 ރުފިޔާއެވެ.

އެމްއެންޔޫ މެރަތަން ބާއްވަން ނިންމާފައިވަނީ ފެބްރުއަރީ ‎20 އިން 21 އަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

މި މެރަތަން ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ބައްޓަންކުރަން ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި އާންމުކޮށް މުޖުތަމަޢުގެ އެންމެންނަށް ހިތްވަރުދިނުމެވެ.

‎އެމްއެންޔޫ މެރަތަންގެ ހަރަކާތްތައް ފަށާނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ގައި އުމުރުން ހަތް އަހަރާއި ‎ހަތަރު ދެމެދު އުމުރުފުރާގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ދެ ކިލޯމީޓަރުގެ "ކިޑްސް ޑޭޝް" ރޭހުންނެވެ. ރޭސް ނިންމާ ކޮންމެ ކުއްޖަކަށް ވެސް މެޑަލް ދޭއިރު، ދުވުމުގައި ކުދިންނާ އެކު ބެލެނިވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ.

މި ޖޯޝުން ފުރިގެންވާ ހަރަކާތުގެ އެންމެ ދިގު ރޭސް ކަމުގައިވާ ‎ 42.2ކިލޯމީޓަރުގެ މެރަތަން ފެށުން އޮންނާނީ ފެބްރުއަރީ 21 ގެ މެންދަމު ‎‎ 2:00ގައެވެ. އަދި، ‎21.1 ކިލޯމީޓަރުގެ ހާފް މެރަތަން ފެށޭނީ އެ ދުވަހު ފަތިހު 3:00 ގައެވެ.

މީގެ އިތުރުން، ‎10 ކިލޯމީޓަރުގެ ރޭސް ފެށޭނީ ހެނދުނު ‎ 6:00ގައެވެ. އަދި، ‎ފަސް ކިލޯމީޓަރު ރޭސް ފެށޭނީ ހެނދުނު 7:00 ގައެވެ.

‎މި ދުވުންތަކުން ގިނަ އަދަދެއްގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާ

ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎7،500 ރުފިޔާ

10ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5،000 ރުފިޔާ

ފަސް ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎ 3،000 ރުފިޔާ

ފަސް ކިލޯމީޓަރުގެ ރޭސްތައް ދުވަން ކަނޑައެޅިފައިވަނީ މި ކަމަށް ކަމާބެހޭ މުވައްސަސާގެ މަޝްވަރާއާއި ހުއްދައާ އެކު ކަނޑައަޅާ ލޫޕެއްގައެވެ.

‎ރޭސް ކުރިއަށްދާއިރު ބޭނުންވެދާނެ މެޑިކަލް އެހީތެރިކަމަކަށް އަދި، އިމާޖެންސީ ހާލަތެއް މެދުވެރި ވެދާނެކަމަށް އެމްއެންޔޫގެ މެޑިކަލް ޓީމަކާއި އެމްބިއުލެންސްގެ ޚިދުމަތް ތައްޔާރީ ހާލަތުގައި އޮންނާނެއެވެ.

އެމްއެންޔޫ މެރަތަންގެ ރޭސް ކިޓް ދޫކުރުމަށް ބާއްވާ އެކްސްޕޯ އޮންނާނީ ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ ‎19 ވާ ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

އެމްއެންޔޫން ބުނީ، މި ހަރަކާތަކީ ތަފާތު ހަރަކާތަކަށް ވާނެ ކަމަށެވެ. އެހެންވެ، މި ދުވުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވާން އެ ޔުނިވާސިޓީން ވަނީ އެދިފައެވެ.

ކޮމެންޓް

871x217_placeholder