logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ކުދިން ހޯދުން ދަތިވަނީ އުޅެންޖެހޭ މާޙައުލުގެ ދަތިކަމުން - ދިރާސާ

އަޙްމަދު ޒަލީފް
17 މޭ 2025 - 08:22
ކުދިން ހޯދުން ދަތިވަނީ އުޅެންޖެހޭ މާޙައުލުގެ ދަތިކަމުން - ދިރާސާ

 ކުދިން ހޯދުން މަދުވަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުންނާއި، އުޅެންޖެހޭ މާހައުލުގެ ދަތިކަމުން ކަމަށް ދަރިމައިވުމުގައި ހުރި ދަތިތަކަށް ދެނެގަތުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ގައުމީ ޔުނިވަރސިޓީއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާ ނިންމާލުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދިރާސާގެ ނަތީޖާތައް ހުށަހަޅުއްވައިދެއްވީ ލޭބަރ އަދި ޑިމޮގްރަފިކް ރިސާޗްގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޔޫއެންއެފްޕީއޭގެ ކޮންސަލްޓަންޓް ޑރ. ޓާޓިއާނާ ކަރަބްޗުކްއެވެ.

Capture.PNG

ދިރާސާގެ ނަތީޖާ ހުށަހެޅުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން

އެގޮތުން، ޒުވާނުންނާއި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޔޫއެންއެފްޕީއޭއިން ހިތްވަރުދޭ ކަމަށާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮގްރަފިކް ތަރައްގީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް މި ދިރާސާގައި ވަނީ އަލިއަޅުވާލާފައެވެ.

މި ދިރާސާގެ ނަތީޖާ ހުށަހެޅުމަށް ބޭއްވި ބޭއްވި ޕެނަލް ޑިސްކަޝަންގައި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި، ޑިމޮގްރަފަރ ޑރ. ހުސައިން ނިޔާޒްގެ އިތުރުން ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަވަހަށް ދަމާބަހީ، އެމްއެންޔޫ ފޮތް މައުރަޒު ހުޅުވައިފިޚަބަރު | 2 މަސް ކުރިން"ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިޚަބަރު | 2 މަސް ކުރިންރާއްޖޭގެ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފިޚަބަރު | 4 މަސް ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 8 މަސް ކުރިން