logo
MPL

MPL

ޚަބަރު

"ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފި

އަޙުމަދު ރިޝާން
18 އޯގަސްޓު 2026 - 05:37
"ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް، 330 ދިރާސާ ކަރުދާހާއެކު ރަސްމީކޮށް ފަށައިފި އެވެ.

މި ކޮންފަރެންސައަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިއީ ކޮންފަރެންސް ބާއްވާ ނުވަ ވަނަ އަހަރެވެ. މި ކޮންފަރެންސް މިއަހަރު ކުރިއަށްދަނީ މި މަހުގެ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ ތެވެލިއަކީ ހަމައެކަނި ކޮންފަރެސެއް ނޫން ކަމަށެވެ. އެގޮތުން ތަފާތު ހިޔާލުތައް ބައްދަލުވެ، ތަޖުރިބާ ހިއްސާ ކުރެވޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ.

ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ލިބުނު 330 ކަރުދާސް ވަނީ ހުށަހަޅާފަ އެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ އިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅިފަހަރެވެ. މި ކަރުދާސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ 25 ގައުމަކުން ހުށަހަޅާފައިވާ ދިރާސާތައް ހިމެނޭއިރު، މައިގަނޑު ގޮތުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި، ޓެކްނޮލޮޖީއާއި، ސައިންސާއި ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިންމު ދާއިރާތަކުން ކަރުދާސްތައް ހުށަހަޅާނެއެވެ.

މި ކޮންފަރެންސްގެ ތެރެއިން އެމް.އެން.ޔޫގެ ބެޗްލާސް ޑިގްރީ ދަރިވަރުންނަށް ހާއްސަ އަންޑާގްރެޖުއާޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯސިއަމެއް ވެސް ބާއްވާފައިވާއިރު، އޮގަސްޓު 20 ވަނަ ދުވަހު ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕްތައް ވެސް ކުރިއަށްދާނެ އެވެ. ޔުނިވަރސިޓީން ބުނާގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ މަތީ ތައުލީމީ ނިޒާމަކީ އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގެ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފިޚަބަރު | 2 މަސް ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 5 މަސް ކުރިންޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ރާއްޖޭގެ ތައުލީމަށް ކޮށްދެއްވި މަސައްކަތަަށް ރައީސްގެ ޝުކުރުޚަބަރު | 7 މަސް ކުރިން