logo
MPL

MPL

ޚަބަރު

ޤައުމީ ޔުނިވާސިޓީގެ ޖޮބް ފެސްޓިވަލް މި މަހު ބާއްވަނީ

އާމިނަތު ޝަފާ
4 މޭ 2025 - 05:46
 ޤައުމީ ޔުނިވާސިޓީގެ ޖޮބް ފެސްޓިވަލް މި މަހު ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން "ޖޮބް ފެސްޓިވަލް"ގެ ނަމުގައި ކުރިއަށްގެންދާ އިވެޓްން މި މެއި މަހުގެ 22 އަދި 23 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި އިވެންޓަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ޒުވާނުން އެއްތަންވެ، އެ ޒުވާނެއްގެ ހުނަރާއި ޤާބިލްކަމާއި އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމުގެ މަޤްސަދުގައި ބާއްވާ އިވެންޓެކެވެ. އެގޮތުން، މި އިވެންޓްގައި، އެކި ދާއިރާތަކުގެ ކުންފުނިތަކާއި ގުޅޭ މަޢުލުމާތު ޒުވާނުންނަށް ލިބިގެންދިޔުމާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ފަދަ ޤާބިލް ޒުވާނުން ހޯދުމުގެ މަގުފަހިވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފެސްޓިވަލް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީއެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި، ހަވީރު 16:00-18:00 އަދި 20:00-22:00 އަކާއި ހަމައަށެވެ.

ޒުވާނުންގެ ހުނަރާއި ޤާބިލްކަމާއި އެކަށިގެންވާ ފެންވަރުގެ ފަޒީފާތަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "އެމްއެންޔޫ ޖޮބް ފެސްޓިވަލް" އަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް މަގުފަހިކޮއްދިނުމާއި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ގުޅޭ މަޢުލުމާތަށް އާންމުން ހޭލުންތެރިކުރުވުމާއި އެފަދަ އެހެނިހެން މުޙިއްމު މަޤްޞަދުތަކެއްގެ ދަށުން ބޭއްވޭ އިވެންޓެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.

ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 35 ފަރާތަކުން ވަނީ ބައިވެރި ވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަވަހަށް ދަމާބަހީ، އެމްއެންޔޫ ފޮތް މައުރަޒު ހުޅުވައިފިޚަބަރު | މަހެއް ކުރިން"ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިޚަބަރު | 2 މަސް ކުރިންރާއްޖޭގެ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފިޚަބަރު | 4 މަސް ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 7 މަސް ކުރިން