logo
ޚަބަރު

އީސީގެ ރައީސްކަމަށް ޒާހިދު، ނައިބު ރައީސަކަށް ސޮލާހް އައްޔަންކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ފެބްރުއަރީ 2025 - 06:26
އީސީގެ ރައީސްކަމަށް ޒާހިދު، ނައިބު ރައީސަކަށް ސޮލާހް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު, އަދި އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ފާއިތުވި މަހުގެ 26 ވަނަ ދުވަހު ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދު މަޖިލީހުގައި އިއްވާފައިވެއެވެ. މި ސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ އީސީގެ ރައީސްކަމަށް މުޙައްމަދު ޒާހިދު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވުމަށާއި، ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރުމަށް ރުހުން ދެއްވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ބޭފުޅުންގެ ނަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް މިއަދު ފޮނުވާފައެވެ.

ރައީސް މުއިއްޒު، އީސީގެ މެންބަރުކަމަށް ޒާހިދާއި ޞަލާޙް އައްޔަންކުރެއްވީ ފާއިތުވި މަހުގެ 26 ވަނަ ދުވަހުއެވެ.

ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމާއި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ޞަލާޙަކީ މީގެ ކުރިން އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ހޯމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ނައިބުރައީސް އަދީބުގެ އެމްޓީޑީ އުވާލަން އީސީން ނިންމައިފިޚަބަރު | 3 ދުވަސް ކުރިންބޮލަކަށް 193 ރުފިޔާގެ މަގުން 5 ސިޔާސީ ޕާޓީއަކަށް 43.3 މިލިޔަން ރުފިޔާ ޚަބަރު | 3 ދުވަސް ކުރިންޕީއެންސީ ހުއްޓުމެއްނެތް، އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީޚަބަރު | 2 މަސް ކުރިންލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ގައިޚަބަރު | 3 މަސް ކުރިން