logoEN
ޚަބަރު

ޕީއެންސީ ހުއްޓުމެއްނެތް، އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީ

މުހައްމަދު މޫސާމުހައްމަދު މޫސާ

02 ޖުލައި 2025 - 17:07

ދިވެހިރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ޝަރަފް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބި، އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އެ ޕާޓީކަމުގައި ވެއްޖެއެވެ.

އިލެކްޝެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕީއެންސީ އަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއެވެ. މިއީ ޤައުމުގެ ސިޔާސީ މަޝްރަޙަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބަދަލެކެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ކޮންމެ ހަ މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރަމުން ގެންދެއެވެ. އެންމެ ފަހުން އާންމުކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި:

ޕީއެންސީގެ މެންބަރުންގެ އަދަދު 68,665 އަށް އަރާފައިވާއިރު،

ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީ ކަމުގައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 43,765 ގައި ހުއްޓިފައިވެއެވެ.

އީސީން އާންމުކުރި އެހެނިހެން ޕާޓީތަކުގެ މެމްބަރުންގެ ޢަދަދުތައް ތިރީގައި މިވަނީއެވެ:

  1. ޢަދާލަތު ޕާޓީ: 8,844
  2. ޖުމްހޫރީ ޕާޓީ: 13,456
  3. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ): 9,011
  4. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ): 2,272
  5. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ): 5,836
  6. ދަ ޑިމޮކްރެޓްސް: 3,547
  7. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް): 3,046

އިލެކްޝަންސް ކޮމިޝަނުން ތަޢާރަފުކޮށްފައިވާ ޑިޖިޓަލް ޚިދުމަތްތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާ ގުޅޭގޮތުން ހުށަހެޅެމުންދިޔަ މައްސަލަތައް މުޅިން ހުއްޓިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުން ހޯދުމުގެ ޚިދުމަތްތައްވެސް މިހާރު ލިބެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަވެ، ޚިދުމަތް ލިބުމުގެ ސްޕީޑު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ތަފާސްހިސާބުތަކުން ދައްކަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޕީއެންސީއަށް ރައްޔިތުންގެ ތެރޭގައި އޮތް ތާއީދު އިތުރުވެފައިވާ މިންވަރެވެ. މި ބަދަލަކީ ރާއްޖޭގެ ސިޔާސީ ބާލާންސްއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.

ކޮމެންޓް

871x217_placeholder