logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ ނައިބުރައީސް އަދީބުގެ އެމްޓީޑީ އުވާލަން އީސީން ނިންމައިފި

ޢައްފާން މުޙައްމަދު
2 ސެޕްޓެމްބަރު 2025 - 15:49
އަދީބު އެމްޓީޑީ އަށް ސޮއިކުރައްވަނީ، އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބު
އަދީބު އެމްޓީޑީ އަށް ސޮއިކުރައްވަނީ، އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބު

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީ އުވާލަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެމްޓީޑީއަށް ދިން ނޯޓިސްގެ މުއްދަތު މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ހަމަވިއިރު، އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެމްބަރުންކަމަށާއި ނޯޓިސް މުއްދަތުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ރަޖިސްޓްރީވެފައި ނުވާކަމަށެވެ.

ނޯޓިސް މުއްދަތު ހަމަވި ދުވަހު، މެމްބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަސް ދިނުމަށް އެދި އެޕާޓީން އިލެކްޝަނަށް ހުށައަޅާފައި ވީނަމަވެސް އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫންކަމުން އެޕާޓީން އެދުނު މުއްދަތު ދީފައިނުވާކަމަށް އިލެކްޝަނުން ބުނެއެވެ.

އެމްޓީޑީ ރަޖިސްޓްރީކޮށްފައިވަނީ، 2018 ވަނަ އަހަރުގެ  ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 2 ފޮށި ޚަބަރު | 2 ދުވަސް ކުރިންއަންނަ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 294،937 މީހަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންއިސްލާމިކް މިނިސްޓްރީން ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިން