logoEN
ޚަބަރު

ބޮލަކަށް 193 ރުފިޔާގެ މަގުން 5 ސިޔާސީ ޕާޓީއަކަށް 43.3 މިލިޔަން ރުފިޔާ

އާމިނަތު ޝަފާއާމިނަތު ޝަފާ

02 ސެޕްޓެމްބަރު 2025 - 04:57

ސިޔާސީ ޕާޓީތަކުގެތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް މިހާރު ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީއިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް މިހާރު ބޭންކްތަކަށް ފޮނުވާފައިވާކަމަށެވެ.

މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތަފްސީލް:

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 13,316,689.57 ރުފިޔާދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8,454,780.51ރުފިޔާޖުމްހޫރީ ޕާޓީ (ޖޭޕީ) - 2,656,598.57 ރުފިޔާމޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 1,769,648.69ރުފިޔާޢަދާލަތު ޕާޓީ (އޭޕީ) - 1,713,5338.65ރުފިޔާ

ސިޔާސީ ޕާޓީގެ ޤާނޫނު ގެ 35 ވަނަ މާއްދާގައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. އީސީން ބުނީ 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ( ސަތޭކަ ނުވަދިހަ ތިން ރުފިޔާ ތޭވީސް ލާރީ) ގެ މަގުން ފައިސާ ދޫކުރެވިފައިވާކަމަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދުތައް:

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 68،665 މެންބަރުންދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43،765 މެންބަރުންޖުމްހޫރީ ޕާޓީ (ޖޭޕީ) - 13،456 މެންބަރުންމޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 9011 މެންބަރުންޢަދާލަތު ޕާޓީ (އޭޕީ) - 8844 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައިވާއިރު ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އުވާލުމުގެ މަސައްކަތް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder