logo
E-Platinum
ޚަބަރު

ވަޒީރު ތޯރިގަށް ރުހުން ހޯދުމާއި، މިނިސްޓްރީތަކަށް ގެންނެވި ބަދަލުތައް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

ރަނާ އަޙްމަދު ފަޔާޒް
10 ފެބްރުއަރީ 2025 - 06:46
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ މަގާމަށް ތޯރިގު ހަމަޖެއްސެވުން -- ފޮޓޯ: ރައީސް އޮފީސް
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ މަގާމަށް ތޯރިގު ހަމަޖެއްސެވުން -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރަކަށް އައްޔަން ކުރެއްވި ޠާރިގު އިބްރާހީމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ޤާނޫނުގައިވާގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަންޖެހެއެވެ. އެގޮތުން ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އެއްކުރައްވައި، އެ ވުޒާރާގެ ވަޒީރަކަށް ޠާރިޤް އިބްރާހީމް އައްޔަން ކުރެއްވީ މި މަހުގެ 1ވަނަ ދުވަހުއެވެ. އޭރު ވަޒީރު ޠާރިގު ހުންނެވީ ތިމާވެށްޓާބެހޭ ވަޒީރުގެ މަގާމުގައެވެ.

މި ދެ ވުޒާރާ އެއްކޮށްލައްވައިފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް، އެ އެމަޤާމުން މިދިޔަ މަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

މި ބަދަލާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދިޔަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މީގެއިތުރުން ވެސް އެކި ވުޒާރަތަކަށް ގެންނެވި ބަދަލުތަކާއި ގުޅިގެން ވަނީ މައްސަލަ ދިރާސާ ކުރާ ކޮމެޓީއަށް ހުށައަޅާފައެވެ.

އެގޮތުން މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ ގެ އިތުރުން ސިއްޙީ ވުޒާރާގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަވައި، މި މަސައްކަތުގެ ދާއިރާތައް އަލުން އެކުލަވަލާފައިވާތީ މި ބަދަލުތައް ފާސްކުރުމަށް ވެސް ރައީސް ވަނީ ފޮނުއްވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މުރަކަތައް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންއެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި އިންޑިޔާގެ ކާޖޮލްޚަބަރު | 2 މަސް ކުރިން5 މިލިއަން ގަސް: ލަންކާއިން ހަދިޔާ ކުރި ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްޚަބަރު | 2 މަސް ކުރިންކަރަންޓް ނުލިބޭ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަކުރަން: ތޯރިގްޚަބަރު | 2 މަސް ކުރިން