logo
Bank of Maldives

Bank of Maldives

ޚަބަރު

ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަން ހުށަހަޅަނީ

ސުދާ ލަތީފް
10 ފެބްރުއަރީ 2025 - 10:36
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަން ހުށަހަޅަނީ

ތިމާވެށްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މައްސަލާގައި، އެފަދަ ވިޔަފާރިތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީއަށް މި ހުށަހެޅުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމެވެ. އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރުމަށާއި، ވިޔަފާރިތައް ހުއްޓުވަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ ބެލުމަށާއި،އެފަދަ ވިޔަފާރިތައް ހުއްޓުވޭނެ ގޮތެއް އޮތްތޯ ބަލައި މަޝްވަރާ ކުރުމާއި އެކަން ކުރެވޭނެނަމަ ސިޓީއަކުން އެންގުން ކޮިޓީއަށް ހުށައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

ތިމާވެށީގެ ޖޫރިމަނާތަކުން ނުލިބޭ ފައިސާ ހޯދަން، އެ މީހުންގެ ވިޔަފާރިތައް ހުއްޓާލެވޭނެ ގޮތެއް އޮތްތޯ ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ކުރިން އެ ކޮމިޓީގައި ބުނެފައިވާ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.ނަމަވެސް، އެއީ އެ މިނިސްޓްރީ އާއި އީޕީއޭ އަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، އެކަން ކުރަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭކަން އީޕީއޭ އިން މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.ޖެނެރަލްގެ އޮފީހުގެ އިސްވެރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޑީއެޗްޑީ ބޭސް ރާއްޖެ އެތެރެކުރަން މަޖިލީހުގެ ކޮމިޓީން ރުހުން ދީފިޚަބަރު | 3 ދުވަސް ކުރިންޒާތީ މައުލޫމާތު ރައްކާތެރިކުރުުގެ ބިލެއް މަޖިލީހަށްޚަބަރު | 3 ދުވަސް ކުރިންގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައްވައިފިޚަބަރު | 4 ދުވަސް ކުރިންސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | 4 ދުވަސް ކުރިން