logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއަށް ކޮމިޓީތައް ދިނީ އޯގާތެރިކޮށް، އެއީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް: ފަލާހް

އައިޝަތު އިނާޝާ
25 ޖޫން 2026 - 07:52
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަ ދީފައިވާނީ ލިބޭމިންވަރަށްވުރެ ވެސް އޯގާތެރިކޮށް ކަމަށް މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ނުދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމުގައި ވަނީ އިހްތިޖާޖް ކުރައްވައިފައެވެ. އެ އިހުތިޖާޖާ ގުޅިގެން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން، އެ ޕާޓީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ފަހުން މަޖިލިހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ކޮމިޓީއެއްގައިސޯދިގު ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަަސައްކަތް ކުރަމުން ދިޔަ ކަމަށް ވިދާޅުވެފައެވެ. ނަމަަވެސް އެއްވެސް ކޮމިޓީއަކުން ސޯދިގަށް އަދި ފުރުސަތުދީފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ ވީހާ ވެސް ބޮޑަށް މަސައްކަތްކުރެވޭނެ ކޮމިޓީތަކުގެ ޖާގަ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ފަލާހް ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު މަޖިލިސްގަވައިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭމިންވަރަށްވުރެ އޯގާތެރިކޮށް ހުރިހާކަމެއް އެމްޑީޕީއަށް ކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ގަދަބާރުންކަންކަން ކުރަންނޫޅި ގާނޫނާއި ގަވައިދުގެ ތެރޭގައި އުޅެން އެމްޑީޕީ ދަސްކުރަންއެބަޖެހޭ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

ބޮޑުބަދަލުއޮފިސްގާއިމުވީފަހުންއަދިހެޔޮބަދަލެއްނުފެނޭ: ފަލާހު

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީއަށް ކޮމިޓީތައް ދިނީ އޯގާތެރިކޮށް، އެއީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް: ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންމާލީ ވަޒީރު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިޚަބަރު | ދުވަހެއް ކުރިންޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންބޯހިޔާވަހިކަން ލިބޭ ރަށަކަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ދުވަސް ކުރިން