ބޯހިޔާވަހިކަން ލިބޭ ރަށަކަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި
23 ޖޫން 2026 - 08:45

ބޯހިޔާވަހިކަން ލިބޭ ރަށަކަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމުގެ ގާނޫނަށް މުހިންމު އިސްލާހެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. މި އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ، މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަ، އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމަށްޓަކައި އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ދިރިއުޅެންޖެހޭ ޝަރުތު އުވާލައި، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.

Ad by Hajj Corporation
މި އިސްލާހުގައިވާ ގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން، ނުވަތަ އަމިއްލައަށް ގަންނަ ގަތުމަކުން، ނުވަތަ ވާރުތައިން، ހިބައިން ނުވަތަ ކޯޓު ހުކުމަކުން ވިޔަސް، ރަށަކުން ގޯއްޗެއް، ފްލެޓެއް ނުވަތަ ދިރިއުޅޭނެ ތަނެއްގެ މިލްކުވެރިކަން ލިބިފައިވާ ކޮންމެ ފަރާތަކަށް އެ ރަށެއްގެ ރަށްވެހިކަމަށް އެދުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން ރަށްވެހިކަން ބަދަލުކުރަން އެދޭއިރު، ބޯހިޔާވަހިކަން ލިބިފައިވާކަން އަންގައިދޭ ރަސްމީ ލިޔެކިޔުންތައް
މިއަދުގެ ޖަލްސާއަށް ހުށަހެޅި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ކަމާބެހޭ އިދާރާތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށް، އެ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަށަވަރުވުމުން، އެ މީހަކު އައު ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންޖެހޭނެއެވެ.
އަދި އައު ރަށުގައި ރަޖިސްޓަރީވުމާއެކު، ކުރިން ރަށްވެހިވެފައި އޮތް ރަށުގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރެވޭނެއެވެ. މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ފަރުދަކަށް އެއްފަހަރާ ދެ ރަށެއްގެ ރަށްވެއްސަކަށް ނުވެވޭނެއެވެ.
މި ބަދަލަކީ ރާއްޖޭގެ މިހާރުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ރަށަކުން ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް މިލްކުވެފައިވާ ފަރާތްތަކަށް އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ގެނެވޭ މުހިންމު އިސްލާހެއްގެ ގޮތުގައި މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.


