ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުން އަދިވެސް މަނާ!


10 ފެބްރުއަރީ 2025 - 13:58
ހުޅުމާލެ ފޭސް ދޭއްގައި ބަންދުކޮށްފައިވާ ސަރަހަައްދަށް ވަނުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެ ފޭސް ދޭއްގެ އިރުމަތީ ފަރާތު މޫދު ކައިރިން ފެންސް ޖަހާފައިވާ ސަަރަހައްދަކީ މިވަގުތު ޗެނަލް 2 ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރިއަށްދާ ސަަރަހައްދެއް ކަމަށެވެ. އަދި އެއީ މިވަގުތު މަސައްކަތް ހިނގަމުންދާ ސައިޓުކަމުން ގިނަ އަދަދަކަށް ހެވީ ވެހިކަލް އެ ސަރަހައްދުގައި ބޭނުން ކުރާ ކަމަށް އެޗްޑީސިން ބުނެފައި ވެއެވެ.
އެ ކުންފުނިން ބުނީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މި ސަރަހައްދަށް ވަނުމަކީ މަނާ ކަމެއް ކަމަށެވެ.
އަދި މި ސަރަހައްދުގެ ޗެނަލް ކޮނުމުގެ މަސައްކަތާއި އަސޭރިއާ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ އިތުރުން، އެހެން ބޭނުންތަކަށް މި ސަރަަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި އެ ކުންފުނީގެ ކަމާ ބެހޭ ފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، އެ ހުއްދައިހައި ބަޔާންކޮށްފައިވާ ޝަރުތުރަކާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އެޗްޑީސީން އަންގާފައި ވެއެވެ.
އެޗްޑީސީން ވަނީ އެ ކުންފުނީގެ ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އަންގާފައެވެ.
އިތުރު ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކިޔޮކްސްކް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
8 މަސް ކުރިން
ހުޅުމާާލޭގައި ޕާކިންއަށް ޚާއްސަ 12 ޢިމާރަތެއް އަޅަނީ
7 މަސް ކުރިން.jpg&w=3840&q=75)
ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ
7 މަސް ކުރިން