ޖެނުއަރީ ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

އެމްއެމްއޭ

11 ފެބްރުއަރީ 2025 - 04:41
މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ ރަސްމީ ރިޒާވްގައި 708.1 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކް - އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރި މިންވަރަށްވުރެ 5 އިންސައްތަ އިތުރުވުމެކެވެ. ޖެނުއަރީމަހު ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު ބޭރުފައިސާގެ މިންވަރު އިތުރުވެފައިވާއިރު ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ގެނެވުނު ބަދަލާއެކު މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާވެސް އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާއިރު މި މުއްދަތުގައި ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 90 އިންސައްތަ ރިސޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރުފައިސާއާއި ބެހޭ ޤާނޫނުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވާލުމެވެ. މި ޤާނޫނުގެ ދަށުން އިސްތިސްނާވާ މުޢާމަލާތްތައް ފިޔަވައި އެހެން ހުރިހާ މުޢާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
8 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
7 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
7 މަސް ކުރިން