logo
E-Platinum
News

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
10 ސެޕްޓެމްބަރު 2024 - 06:40
ނ. ހޮޅުދޫ
ނ. ހޮޅުދޫ

ކަރުގައި ޒަޙަމްތަކަކާއި އެކު، ދިރިއުޅޭ ގޭގެ ގޯތިތެރެއަށް ވެއްޓިފައި އޮތް އަންހެނަކު އޮތް ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެންފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ދިރިއުޅޭ ގޭގެ ގޯތިތެރެއިން ފެނުނީ އެރަށު މާރަނގަ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކެވެ. އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ކަރަށް ފުން ޒަޙަމްތަކެއް ލިބި، ގިނަ އަދަދެއްގެ ލެޔާއިއެކު ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ އެ ގެއަށް ކުނި ނަގަން ވަތް މީހަކަށެވެ.

ފުލުހުން ހާމަކުރިގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާނީ މިއަދު ހެނދުނު 10:10 ގައެވެ. އަދި ފުލުހުންވަނީ އެގެއަށް ގޮސް އެ އަންހެން މީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްޚީ މަރުކަޒާއި ޙަވާލާދީ ފުލުހުން ހާމަކުރިގޮތުގައި އެ އަންހެންމިހާ ވަނީ ނިޔާވެފައެވެ. އެ ރަށުން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ޒަކިއްޔާ އަކީ މީހުންނާއި ގުޅޭ ސާދާ ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ. އަދި ޒަކިއްޔާ ދިރިއުޅޭ ގެއަކީ އޭނާގެ ފިރިމީހާއި ދަރިންވެސް ދިރިއުޅެމުން ދިޔަ ގެ ކަމަށް އެފަރާތުން މަޢުލޫމާތު ދިނެވެ. ނަމަވެސް މިއަދު އެ ހާދިސާ ހިނގިވަގުތު އެގޭގައި އުޅުނީ ކޮން ބައެއްކަމެއް ސާފެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ ޚަބަރު | 6 މަސް ކުރިންމިއަދު މުޒާހަރާކުރި ބިދޭސީންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ ޚަބަރު | 7 މަސް ކުރިންސިހުރުގެ މައްސަލައެއްގައި ފުލުހުން ހއ.ކެލައިން ފަސް މީހުން ހައްޔަރު ކޮށްފިޚަބަރު | 8 މަސް ކުރިންއެމެޖެންސީ ހެލްޕްލައިން "911" ތައާރަފްކޮށްފިޚަބަރު | 8 މަސް ކުރިން