logoEN
ޚަބަރު

ވަކި ހާލަތެއްގައި ބޭހުގެ ވަކި ބްރޭންޑެއް އިސްކުރަންޖެހިއްޖެ ނަމަ އެކަން ކުރާނެ: މެޑިކަލް އެސޯސިއޭޝަން

އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު

އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު

ސުދާ ލަތީފްސުދާ ލަތީފް

11 ފެބްރުއަރީ 2025 - 07:22

ޑޮކްޓަރުން ވަކި ގޮތަކަށް ބޭސް ލިޔުމުގެ ސަބަބުން ބޭސް ނުލިބޭ ކަމަށް ދެއްކެވޭ ވާހަކަތަކަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ރައްދު ދީފި އެވެ.

އެ އެސޯސިއޭޝަނުން ރޭ ވަނީ ރައްދު ދިނުމުގެ ގޮތުން ބަޔާނެއް ނެރެފައެވެ.

އެ އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ، މަދު ހާލަތެއްގައި ފިޔަވައި ޑޮކްޓަރުން ބޭސް ސިޓީގައި ލިޔަނީ ބޭހުގެ އަސްލު ނަން ނުވަތަ ޖެނެރިކް ނަން ކަމަށެވެ. ވަކި ބްރޭންޑެއް އިސްކުރަންޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ވެސް ޑޮކްޓަރުންނަށް ލިބޭ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މެޑިކަލް އެސޯސިއޭޝަނުން ބުނީ ބޭނުންކުރަންޖެހޭ ބޭހެއްގެ އެއް ބްރޭންޑަށް ބަލި މީހާގެ އެލާޖިކެއް ހުންނަ ނަމަ އެ ބޭހުގެ އެހެން ބްރޭންޑެއް ދޭނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ވަކި ބްރޭންޑެއްގެ އަސަރު ދެން ހުންނަ ބްރޭންޑުތަކަށް ވުރެ ރަނގަޅު ކަމަށް ބެލެވޭ ނަމަ، އެ ބްރޭންޑެއްގެ އިސްކުރުމުގެ ފުރިހަމަ އިހްތިޔާރު ޑޮކްޓަރަށް ލިބިގެންވާކަމށާއި އެ ހައްގު އެ ޖަމްއިއްޔާއިް ދިފާއު ކުރާނެކަމުގައެވެ.

ބަޔާނުގައި ވަނީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ސަރުކާރާއި އާސަންދައިން ގުޅިގެން ކުރާ މަސައްކަތަށް އެޖަމިއްޔާ އިން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފަ އެވެ.

ރާއްޖެއަށް ބޭސް ގެންނަ އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރަން އުނދަގޫތަކެއް ކުރިމަތިވެ އެވެ.

ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާތީ، އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ ކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވި އެވެ.

އެސްޓީއޯ އިން ބުނީ، އެ މަޝްވަރާގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާ އެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

ކޮމެންޓް

871x217_placeholder