ރާއްޖޭގައި އަލަށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުމުގެ މަސައްކަތް ފަށައިފި

ބަންކަރިންގެ ހިދުމަތްދޭން ބޭނުންކުރާ "މެރީން އެންގަލް" ބޯޓު--- ފޮޓޯ /އެސްޓީއޯ
.jpg&w=3840&q=75)
10 ސެޕްޓެމްބަރު 2024 - 11:58
ރާއްޖޭގައި ބަންކަރިންގް ޚިދުމަތް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއީ މުޅިން އަލަށް ރާއްޖޭގައި ފަށަން ނިންމާފައިވާ ޚިދުމަތެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ހީނާ ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިން ޚިދުމަތް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް އެސްޓީއޯ، އެމްޕީއެލް އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރާ ފުރަތަމަ ބޯޓު "އެމްޓީ މެރިން އޭންޖަލް" ކުޅުދުއްފުށި ސިޓީގައިމިހާރު ވަނީ ބަނަދަރުކޮށްފައެވެ.
ސަރުކާރުން ބުނި ގޮތުގައި، އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިން އާގުބޯޓު ދަތުރުކުރެއެވެ. އެހެން ކަމުން މި ޚިދުމަތާއެކު ރާއްޖޭގެ އިގުތިސާދަށް މިލިއަނެއްހާ ޑޮލަރު ވަންނާނެ ކަމުގައި ސަރުކާރުން ދެކެއެވެ.
އިތުރު ލިޔުންތައް

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ނިންމަވައިފި
8 މަސް ކުރިން
ބަންކަރިންގެ ޙިދުމަތަށް ބޭނުންވާ އިތުރު އާ އުޅަނދެއް ގެންނަނީ: އެސްޓީއޯ
7 މަސް ކުރިން
ފެނަކައިގެ އައު ޗެއާމަންއަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު
7 މަސް ކުރިން