logoEN
ޚަބަރު

ފެނަކައިގެ އައު ޗެއާމަންއަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު ހަމަޖައްސައިފި

ފެނަކައާއި އެސްޓީއޯ އާ އެއްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު އަދި އެކުންފުނީގެ ޗެއާމަން ޝިމާދު އިބްރާހިމް -- ފޮޓޯ/ މިހާރު

ފެނަކައާއި އެސްޓީއޯ އާ އެއްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު އަދި އެކުންފުނީގެ ޗެއާމަން ޝިމާދު އިބްރާހިމް -- ފޮޓޯ/ މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

15 ސެޕްޓެމްބަރު 2024 - 06:09

ފެނަކަ ކޯޕަރޭޝަންގެ އައު ޗެއާމަންގެ މަގާމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި ޝިމާދް އިބްރާހިމް ހަމަޖައްސައިފިއެވެ.

އެކަން އިއުލާންކޮށް، ފެނަކައިން މިއަދު"އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ، ޝިމާދުއަށް މަރްޙަބާ ބުނެފައެވެ.

އެގޮތުން އެ ޕޯސްޓުގައި ބުނީ، ޝިމާދް އަދި އެ ކުންފުނީގެ މެނޭޖްމެންޓުގެ ބެލުމުގެ ދަށުން ފެނަކައަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

View post on Twitter

ފެނަކައިގެ ޗެއާމަންއަކަށް ޝިމާދު ހަމަޖައްސައިފައިވަނީ، އެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތްތައް ކުރަމުން ދަނިކޮށެވެ.

އެ މަސައްކަތުގެ ކުރިން، ފެނަކައިގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަދި ކުރީގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އަޙްމަދު ޝަހީރު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ޝަހީރު އެ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder