logo
Bank of Maldives

Bank of Maldives

ޚަބަރު

ގޭންގު ކުށް ހުއްޓުވުމުގެ ބިލު ކޮމެޓީއަށް ފޮނުވައިފި

ހުސައިން ވަސީމް
12 ފެބްރުއަރީ 2025 - 07:12
ގޭންގު ކުށް ހުއްޓުވުމުގެ ބިލު ކޮމެޓީއަށް ފޮނުވައިފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު، މުސްތަފާ ހުސައިންއެވެ. ބިލު މަޖިލީހަށް ބަލައިގަތީ 44 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބިލުގައި ގޭންގަކީ ކޮބައިކަމާއި އެފަދަ ގޭންގުތަކުގައި ބައިވެރިވާ މީހުންނާއި ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމާސް ހިމަނާފައިވެ އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ ރޭވިގެން ހިންގާ ކުށްތަކާއި އެނޫންވެސް ކުށްތައް ހިންގުން ހުއްޓުވައި، މިފަދަ ކުށްތަކާއި ނުހައްގު މުއްސަނދިކަން ލިބިގަތުމުގެ ކުށަށް އަދަބު ކަނޑައެޅޭނެ އަމަލުތައް ބަޔާން ކުރުންކަމަށެވެ.

ބިލުގައި ގޭންގެއް އުފައްދައި ނުވަތަ ގޭންގެއް ހިންގުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެ ކުށް ކުރާ މީހުންގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. ގޭންގެއް އުފައްދާ އަދި ހިންގާ މީހަކަށް އެހީތެރިވާ މީހުންގެ އަދަބަކީ 18 އަހަރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

އިންތިޒާމުވެގެން ހިންގާ ކުށްތަކާއި އެފަދަ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު 20 އަހަރަށް ޖަލަށްލުމާއި ހަތް މިލިއަން ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަ ކުއްޖަކު ވައްދައިފިނަމަ އެކަން ކުރި މީހަކު 25 އަހަރަށް ޖަލަށްލުމާއި، 10 މިލިއަން ރުފިޔާ އާއި ދެލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެފަދަ ގުރޫޕަކަށް ނިސްބަތްވާކަން ދައްކާ މީހަކު 12 އަހަރަށް ޖަލަށްލުމާއިއެކު، 75،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލު އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ނަމަށް ބަދަލުކުރުމަށްވެސް މެމްބަރުން މިއަދު ވަނީ ލަފާ ދީފައެވެ. ންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ނަމަށް ބަދަލުކުރުމަށް މެމްބަރުން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމާއި، އިންތިޒާމުވެގެން ކުރާ ކުށްތައް ހުއްޓުވުން މާނަކުރެވޭގޮތް ތަފާތުވާތީ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 3 ދުވަސް ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 3 ދުވަސް ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | 4 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 4 ދުވަސް ކުރިން