logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް އެހީވުމުގައި އިންޑިޔާ އަބަދުވެސް ދެމި އޮންނާނެ

އަޙްމަދު ޒަލީފް
12 ފެބްރުއަރީ 2025 - 14:35
ރާއްޖެއަށް އެހީވުމުގައި އިންޑިޔާ އަބަދުވެސް ދެމި އޮންނާނެ

ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން އިންޑިއާ އޮންނާނީ ތައްޔާރަށްކަމަށް އެ ޤައުމުގެ ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންޚާރު ވިދާޅުވެއްޖެއެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާއިވެސް ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގެ ޗެއަރމަންގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ޖަގްދީޕް ދަންޚާރު މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށްކަމަށް މަޖިލީޙުގެ އިދާރާއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދިވެހިރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. 

މި ބައްދަލުކުރެއްވުމުގައި ރާޖްޔާ ސަބާގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | 2 ދުވަސް ކުރިންއިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އިންޑިއާއިން ޓެލެގްރާމް ބްލޮކްކޮށްފިދުނިޔެ | 5 ދުވަސް ކުރިންޓްރަމްޕް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ވައުދުވެވަޑައިގެންފިދުނިޔެ | 6 ދުވަސް ކުރިންމަޝްހޫރު މޮޑެލް އަދި ބަތަލާ ޓްވިޝާގެ މަރުގެ މައްސަލާގައި މައިދައިތަ ހައްޔަރުކޮށްފިދުނިޔެ | 25 ދުވަސް ކުރިން